ޚަބަރު

ފެނުނު ހަށިގަނޑަކީ އަޒްހާނަށް ވުމުގެ ފުރުސަތު ބޮޑު

ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދިޔަ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާން (27އ)ގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ 5:45 ހާއިރު ހުޅުމާލެ ސްކޭޓް ޕާކު ކައިރިން ފެނިފައިވަނީ އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ކަމަށެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓްގެ ސުޕްރިޑެންޓް ވިދާޅުވެފައިވަނީ އަޒުހާން ހޯދުމުގެ މަސައްކަތް ސޮކުޑިއުންނާއި އެކު ކުރަމުންގޮސް ހުޅުމާލެ ވޯޓަރ ތީމް ޕާކް ކައިރިން ތަންކޮޅެއް ހައިލީ ޑީކޮމްޕޯސްޑް ބޮޑީއެއް ފެނިފައިވާ ކަމަށެވެ. އަދި މިހާރު ލިބިފައި ހުރި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި އެ ހަށިގަނޑު އަޒުހާންއަށް ވުން ވަރަށްގާތް ކަމުގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޕޯޓްމޯޓަމްވެސް ހަދާނެ ކަމަށާއި، އެކަމާއި ގުޅޭގޮތުން އަޒުހާންގެ އާއިލާއާއިވެސް މަޝްވަރާކޮށްފައިވާނެކަމަށް ވިދާޅުވެފައިވެއެވެ.

ެއިތުރަށް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ، ބޮޑީ އައިޑެންޓިފައި ކުރެވިފައިވަނީ ކުނި ވަސް ދުވައިގެން ނޫން ކަމާއި، އެތަން އައިޑެންޓިފައި ވެފައިވަނީ ލިބިފައިވާ ސީސީޓީވީ ކެމެރާ ތަކުގެ ފުޓޭޖްތަކުން ކަމަށެވެ. އެއީ، ވަކި ހިސާބަކުން ގެއްލިފައި ދެން ފެންނަން ޖެހޭ ހިސާބުން ނުފެނުމުން، މިތަން ބަލާފާސްކުރަން މުހިއްމުވީ ކަމުގައެވެ.

މީގެ އިތުރުން، ބޮޑީ މިވަގުތު އޮތް ސްޓޭޖުން ބޮޑީގައި އެއްވެސް ޒަހަމެއް ހުރިތޯ ނެތްތޯ ޔަޤީން ކުރަން އުނދަގޫ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ބޮޑީ ފޮރުވަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި މިސިންގ ޕާސަން އިންވެސްޓިގޭޝަންގައި އެއްވެސް ބަޔަކާ ނުވަތަ މީހަކާއި ގުޅިފައި ނުވާކަމާއި އެހެންނަމަވެސް ދެން ބަލާނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއް، އެއަށްފަހުގައި މަޢުލޫމާތު ދޭނެކަމަށްވެސް ވިދާޅުވިއެވެ.

ފޯނުފެނިފައި ނުވާކަމާއި އަދި އެއްވެސް މީހަކަށް މި މައްސަލާގައި ތުހުމަތު ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓްގެ ސުޕްރިޑެންޓް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button