ޚަބަރުދުނިޔެސިޔާސީ

އިންޑިއާ ލަޝްކަރަކާއެކު ރާއްޖެއަށް ”އަރައިގަތުމަށް“ އަނެއްކާވެސް ގޮވާލައިފި!

އިންޑިއާގެ ވިރާތު ހިންދުސްތާން ނަގަމްގެ ރައީސް ސުބްރަމާނިއަން ސުވާމީ އިންޑިއާ ލަޝްކަރަކާއެކު ދިވެހިރާއްޖެއަށް  އަރައިގަތުމަށް ގޮވާލައިފިއެވެ. މީގެ ކުރިން ވެސް މީނާއަކީ މިފަދަ އަމަލުތަކަށް ތަރުހީބުދީ، އިންޒާރުދީ، މިފަދަ ގޮވާލުންތައް ފާޅުގައި ގޮވާފައިވާ މީހެކެވެ.

 

 

ސުބްރަމާނިއަމް މިހެން ބުނެފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

 

މި ޕޯސްޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވަނީ ޗައިނާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އިންޑިއާ ސިފައިން، މާރިޗު މަހުގެ 15ގެ ކުރިން ރާއްޖޭން ފޮނުވާލުމަށް ގޮވާލާފައެވެ. އަދި ވަރަށް ހުތުރު ބަހުން ދިވެހިރާއްޖެއަށް ނިސްބަތްކޮށް ވަނީ މިކަމާމެދު މޯދީ އަމަލު ކުރައްވާނީ ކޮން ގޮތަކަށްތޯ ސުވާލު އުފައްދާފައެވެ.

 

އަދި ރަޖިވް ގާންދީ ފަދައިން އިންޑިއާގެ މިލިޓަރީ ލަޝްކަރާއި، އެއާފޯސް އަދި ނޭވީ ފޯސް ފޮނުވައި ރާއްޖެއަށް އަރައިގަނެ ރައީސް ޑރ.މުއިއްޒުގެ ވެރިކަން ބަދަލު ކުރާނީތޯ ވަނީ ބުނެފައެވެ.

 

 

ގައުމެއްގެ އަމަން އަމާންކަން ނަގާލުމަށާއި ގައުމަކަށް މިފަދައިން ވެރިވެ ގަތުމަށް ގޮވާލުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ އަދި ކުށްވެރިވާ ކަމެކެވެ. ދިވެހިރާއްޖެއަކީ ޔޫއެންގެ މެންބަރު ގައުމަކަށްވާއިރު، ޔޫއެންގެ މެންބަރު ގައުމަކަށް މިފަދައިން ހަމަލާދީ، އިންޒާރު ދިނުމަކީ ’ޔުނައިޓެޑް ނޭޝަންސް ޗާޓަރ، އާޓިކަލް 51’ގެ ދަށުން މަނާ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button