ޚަބަރު

މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮންނަން ޖެހޭ: މުއިއްޒު

މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮންނަންޖެހޭ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިއްމު ކަމުގައި ދެކޭކަމަށެެވެ.

ޕީޕީއެމްގެ ނައިބް ރައީސްކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ”މޮނޮޕޮލައިޒް“ ކުރެވޭ ގޮތަށް އަސާސީ ހިދުމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރު ކަމަށާއި އަދި އިންސާފެއްވެސް ނޫން ކަމަށެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓު ދިއުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ސްޓެލްކޯއަށް ފާޑި ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button