ޚަބަރުސިޔާސީ

ޗާންދަނީ މަގު ޖަންކްޝަން ސަރަހައްދަށް އިންޑިއާ އައުޓު ކަރުދާސް އަޅައިފި

ޗާންދަނީ މަގު ޖަންކްޝަން ސަރަހައްދަށް އިންޑިއާ އައުޓު ކަރުދާސް ދާދި ދެންމެއަކު އަޅައިފިއެވެ.

މަންޒަރު ދުށް މީހަކު ”ބޮންތި“ އަށް ކިޔައިދިން ގޮތުގައި ކަރުދާސްތައް އަޅާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އަޅާފައިވާ ކަރުދާސްތަކުގައި ހުރީ އިންޑިއާގެ ދިދަ އާއި ވައްތަރު ގޮތަކަށް ހަދާފައެވެ. އަދި އިނގިރޭސިން ”އައުޓު“ ބޮޑުކޮށް ޖަހާފައިވެއެވެ.

އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން އިސް ނަގައިގެން ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރު ނެރުނު ފަހުން އެ ހަރަކާތް ހުއްޓުވޭ ގޮތް ވަނީ ނުވެފައެވެ.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އިންޑިއާ އެމްބަސީ އާއި، ރައީސް އޮފީހާއި، ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރުގެ ގެ ކައިރިޔަށްވެސް އިންޑިއާ އައުޓު ކަރުދާސްތައް ވަނީ އަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button