އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ”އިންޑިއާ އައުޓު“ ބެނާ ނެއްޓީ ކޮން ގާނޫނަކުން ބުނެދޭން ދައުލަތުން އުޒުރު ދައްކައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި މި ބެނާ ފުލުހުން ކެނޑި މައްސަލައިގެ މިއަދުގެ އިސްތިއުނާފް އަޑު އެހުމުގައި ޝަރީއަތުން ވަނީ މުހިންމު ދެ ސުވާލެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލާ ކޮށްފައެވެ.
އެގޮތުން ހިޔާލު ފާޅު ކުރުމުގެ ގާނޫނާއި ދެކޮޅަށް ނުވަތަ ޝުއޫރު ފާޅު ކުރުމަށް ހުރަސްއެޅޭ ގޮތަށް ރާއްޖޭގައި އެއްވެސް ގާނޫނެއް ހެދިފައި އޮތް ތޯ ޝަރީއަތުން ދައުލަތާ ކުރި ސުވާލުގެ ޖަވާބުގައި ވަކީލު ވިދާޅުވީ އެފަދަ ގާނޫނެއް ނެތް ކަމުގައެވެ.
އެފަދަ ގާނޫނެއް ނެތް އިރު، ގާނޫނުލް އުގުބާތުގެ 615 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން، އާންމު އިޖުތިމާއާއި މިންގަޑާ ހިލާފު ނުވާގޮތަށް، ގެއެއްގެ ވެރިފަފާތުން ފާޅުކޮށްފައިވާ ޝުއޫރަކާ ގުޅޭ ފޮތިގަނޑެއް ނެގޭނެ ތޯ ނުވަތަ ނޫންތޯ ޝަރީއަތުން ޕީޖީގެ ވަކީލުންނާ ކުރި ސުވާލުގެ ޖަވާބެއް ނުދެވުނެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ޝަރީއަތުން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރަމުންދާ މަރުހަލާގެ ތެރެއިން ދެ ފަރާތަކުން ކުރެ ފަރާތެއް ހާޒިރު ކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމުގައެވެ.
Hurihaaves massalayakee huvaakohgenthibe rayyithunnah aniyaaverive ghairu gaanoonee amuruthah fuluhun thanfeezukuraathee