ޚަބަރުސިޔާސީ

އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ނިންމެވުމާއެކު ރައީސް ސޯލިހު މަޝްވަރާއަށް!

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމަށް ނިންމެވުމާއެކު އެމަނިކުފާނާއި މަޝްވަރާ ބައްދަލުވުމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބާއްވަވައިފިއެވެ.

ރިޔާސީ ކެމްޕެއިނުގެ މަޝްވަރާއަށް ރައީސް ސޯލިހާއި ގާސިމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ. ޗީފް އޮފް ޑިފެންސް ފޯސް ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާކަމެކެވެ.

ދަތުރުގެ ވަފުދު މާމިގިއްޔަށް ދިޔުމަށްފަހު ފުރީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑަށެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު ރައީސް ސޯލިހު ވެސް މި އިންތިހާބުގައި ވާދަކުރައްވާނެކަން ބުދަ ދުވަހު ވަނީ އިއުލާން ކުރައްވާފައެވެ. ބެލެވޭގޮތުގައި މިކަމަށް ހައްލެއް ހޯދުމަށް ރައީސް ސޯލިހާއި ގާސިމް މަޝްވަރާ ކުރައްވާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button