ޚަބަރުކުޅިވަރު

ދުނިޔޭގެ އެންމެ ބޮޑު ކުލަބަށް ކުޅުމަށްވުރެ އެމްބައްޕޭ އަށް މުހިއްމުވީ ފައިސާ

ބޮޑަތި މާލީ މަންފާ ތަކެއް ދޭން ޕީއެސްޖީން ނިންމުމުން ޕީއެސްޖީއާއެކު ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފިއެވެ.

ޕީއެސްޖީގެ އެއްބަސްވުން އެމްބާޕޭ އާކޮށްފައި މިވަނީ އޭނާ އެ ކްލަބް ދޫކޮށް، ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަނިކޮށެވެ. ނަމަވެސް އޭނާ ވަނީ ރެއާލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

މި ކަމާއި ގުޅިގެން ލަލީގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ މްބާޕޭ މަޑު ކުރަން ނިންމި ނިންމުމަކީ ފުޓުބޯޅައަށް ކުރި ފުރައްސާރައެއް ކަމަށެވެ. ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން އާކުރަން އުޅެނީ އޭނާއަށް މާލީގޮތުން ގިނަ ފައިދާވާ ގޮތަށް ކަމަށާއި، މިއީ ކުރެވިގެންވާނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި ޕީއެސްޖީގެ ނާސިރު އެލް-ހެއްލާފީ އަކީ ”ސުޕަ ލީގް“ ފަދަ ނުރައްކަލެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްބައްޕޭ ކުޅެމުން އަންނަ ޕީއެސްޖީ ވަނީ ޔޫރަޕުގެ އެންމެ ބޮޑު ފުޓު ބޯޅަ މުބާރަތް ކަމުގައިވާ ޗެމްޕިއަންސްލީގުން ރެއާލް އަތުން ހަޑި ގޮތަކަށް ބަލިވެ މުބާރާތާއި އަލްވަދާއު ކިޔާފައެވެ. އަދި ޕީއެސްޖީން އެތަށް މިލިއަނެއް ކުޅުންތެރިން ގަތުމަށާއި ހިފެހެއްޓުމަށް ހަރަދޔ ކުރިނަމަވެސް އަދި އަލަށްވެސް މި މުބާރާތް ކާމިޔާބު ނުކުރެވޭކަން ފާހަގަކޮށްލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button