
ދެޔޯ އެއް ފަދައިން ސިފައިން ނިކުމެ އަންހެނުން ފަހާ ދުވުމަކީ ލަދުވެތިކަމެއް ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ”ފްރެންކިންސްޓެއިން މޮންސްޓަރ“ ފޯސް ސިފައިންގެ ތެރެއަށް ވަދެގެން ”އިންޑިއާ އައުޓު“ ޝުއޫރު ފާޅު ކުރަމުންދާ އަންހެނުން ފަހާ ދުވަމުންދާ ކަމުގައެވެ.
ފްރެންކިންސްޓެއިން މޮންސްޓަރ އަކީ 1818 ވަނަ އަހަރުގައި އިނގިރޭސިންގެ ތެރޭގައި މަޝްހޫރުވި ހިޔާލީ ވާހަކައެއްގައި އުޅޭ ދެޔޯއެކެވެ.
Prz Nasheed’s govt gifted us economic servitude as payback.The present PolPot fiefdom is enthralled in the mocking Saamant’s half nelson hold.Hail Frau😜Frankenstein’s monster force is joined by the army hunting down the brave women chanting lndia OUT. Display of chivalry? Shame
— Abdulla Yameen (@prz_ymn) May 21, 2022
ޔާމީން ވިދާޅުވިގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނަށް ހަދިޔާ ކުރެއްވީ އިގްތިދާސީ އަޅުވެތިކަމެކެވެ. އަދި މިހާރުގެ ”ޕޮލްޕޮޓް“ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ ބޭރުގެ ފާދިރީ ގްރޫޕެއްގެ ދަށުވެ, ރެސްލިން މެޗެއްގައި އިދިކޮޅު މީހާ ބަލި ކުރުމަށްޓަކައި އަޅުވާ ލޮކެއް ފަދައިން ގައުމުގެ މިނިވަންކަމުގައި ތަޅުއަޅުވާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޕޮލްޕޮޓަކީ ކެމްބޯޑިއާގައި ހުދުމުހުތާރު ވެރިކަމެއް ކުރި ލީޑަރެކެވެ.
ރައީސް ޔާމިން މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ ޒުވާން އަންހެނެއްގެ ފަހަތުން ސިފައިންގެ މީހަކު ފަހާ ދުވާ ވީޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެން މީހާ އަތުގައި އޮތް ރަތް ކުލައިގެ ”އިންޑިއާ އައުޓު‘ ދިދައެއް ހޯދަން ސިފައިންގެ މީހާ ފަހާ ދުވާ ތަނެވެ.