ޚަބަރު

މަދިރި ހޯހޯ ޕްރޮގްރާމް މޭޔަރު އިފްތިތާހުކޮށްދެއްވައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން ”މަދިރި ހޯހޯ“ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން ދިޔަ މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭން އިފްތިތާޙް ކޮށްދެއްވަމުން މާލެ ސިޓީގެ މޭޔަރު ވަނީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުގެ މުއައްސަސާތައް ނުވަތަ ސްކޫލް ތަކާއި، ޕޮލިސް އެމްއެންޑީއެފް، މިތަންތަތުން އެކަނި ނުކުމެ މިހެން ފާހަގަކޮށްލެވޭ ދުވަހެއްގެ ވަގުތުކޮޅެއްގައި ސާފުކޮށްލުމަކުން މިކަން ނުވާނެ“ މޭޔަރު ވިދާޅުވިއެވެ. 

މާލެ ސިޓީއަކީ ބަލިތަކުން ރައްކާތެރި ވެފައިވާ ސާފުތާހިރު ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި، އެތަންތަނުގެ ވެރިންގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ފަރުދީ ޒިންމާ އަދާކުރުމާއި އެކު މުއައްސަސާ ތަކާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

”މަދިރި ހޯހޯ“ ކެމްޕޭނާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގެ ނަތީޖާ ހާސިލްވިކަމަށްވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރުކަމަށް އިސްކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button