ޚަބަރުސިޔާސީ

”އިންޑިއާ އައުޓު“ ހިނގާލުމުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފި

”އިންޑިއާ އައުޓު“ ހިނގާލުމުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފި ކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިރޭ ޕީޕީއެމް އޮފީސް ސަރަހައްދުން ފެށި މި ހިނގާލުމުގައި ގައުމީ ދިދައިގެ އިތުރުން ”އިންޑިއާ އައުޓު“ ދިދަ ބޭނުން ކޮށްފައިވެއެވެ.

ހިނގާލުމުގެ ބައިވެރިންނާ އެސްއޯ ފުލުހުން ކުރިމަތި ލުމަށްފަހު ގާނޫނީ އިންޒާރު ދިނުމަކާނުލާ ހާލަތާ ނުބައަދަލު ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހާފައިވެއެވެ. އަދި މީޑިއާތަކަށް ހުރަސް އަޅައި، ނޫސްވެރިންނާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވެއެވެ. މީގެ އިތުރުން ފިރިހެން ފުލުހުން އަންހުނުން ގައިގައި އެތައް ފަހަރެއްގެ މަތިން އަތްލާފައިވެއެވެ.

ފުލުހުން 3 މީހަކު ހައްޔަރު ކުރިއިރު، 2 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

މިރޭގެ ހިނގާލުމާ ގުޅޭގޮތުން ފުލުހުން އަދި މިހާތަނަށް އެއެއްވެސް އެއްޗެއް ނުބުނެއެވެ.

އިދިކޮޅު ޕީޕީއެމުން ބުނީ ”އިންޑިއާ އައުޓު“ ހަރަކާތް ނުހުއްޓާ ކުރިޔަށް ގެންދާނެ ކަމުގައެވެ. މިހަރަކާތް އިތުރަށް ފުޅާކޮށްފައި މިވަނީ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަލީ ވަސީމް (ތަކަނޭ) މިއަދު ހައްޔަރު ކުރިފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button