ޚަބަރުސިޔާސީ

ޕީޕީއެމް އޮފީސް ސަރަހައްދުގައި ”އިންޑިއާ އައުޓު“ ޝުއޫރު ފާޅުކުރަން ފަށައިފި

ޕީޕީއެމް އޮފީސް ސަރަހައްދުގައި ”އިންޑިއާ އައުޓު“ ޝުއޫރު ފާލުކުރަން ފަށައިފިއެވެ.

އެޕާޓީގެ ޔޫތު ވިންގުގެ ފަރާތުން މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މިހާރު ގެންދަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމް އޮފީސް ސަރަހައްދުގައި އިހުތިޖާޖު ކުރަމުންނެވެ.

މި އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ޔޫތު ވިންގުގެ މެންބަރު އަލީ ވަސީމް (ޓަކަނޭ) މިއަދު ހައްޔަރު ކުރުމާ ގުޅިގެން “ އިންޑިއާ އައުޓު“ ހަރަކާތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button