ޚަބަރު

ކެނެރީގޭ ފާރުގައި ”އިންޑިއާ އައުޓް“ ޖެހި މީހާ ދެ މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމުގައިވާ ގ.ކެނެރީގޭ ފާރުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ބޭނުން ކުރާ ”އިންޑިއާ އައުޓް“ ޝުއޫރު ޖެހި މީހާ އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން އިއްޔެ ޖަލަށް ލުމަށް ހުކުމް ކުރީ  ނ.މިލަދޫ، ނޫއަލި ޔަޝްފައު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގައެވެ.

ދައުލަތުން ޔަޝްފައުގެ މައްޗަށް އުފުލާފައިވަނީ މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. އަދި އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެކަމަކު ކުށަށް އިއުތިރާފްވުން ފިޔަވައި ކަން ހިނގައިދިޔަ އެއްވެސް ގޮތެއް ހަނދާނުގައި ނެތް ކަމަށް ޔަޝްފައު ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި އެމައްސަލަ ބެއްލެވީ ގާޒީ އަލީ ނަދީމެވެ.

 

2 Comments

  1. އަލަންގިރި ކުޅުމީހުން 3 މަހައް އިންޑިޔާ އައުޓު ޖެހިމީހާ 2 މަހައް ޖަލައް މައްސަލާގެ ބާވަތް ވަރައްތަފާތު ހުކުމް އެއްވަަރު ހެހެ ހެހެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button