
ވެރިރަށް މާލޭގެ އެކި ސަރަހައްދުގައި ހުރި ގަސްގަހުގައި ”އިންޑިއާ އައުޓު“ ބޯޑުތައް އެލުވަން ފަށައިފިއެވެ.
ސިނަމާލެ ބްރިޖު ސަރަހައްދު ކައިރީގައި ހުރި ގަސްގަހުގައި މި ބޯޑުތައް އެލުވާފައިވާއިރު، ދަރުބާރުގޭ ސަރަހައްދުގައި ހުރި ގަސްގަހުގައިވެސް ބޯޑުތައް އެލުވާފައިވެއެވެ.
”އިންޑިއާ އައުޓު“ ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރު ނެރުއްވިފަހުން އެގޮތަށް ޝުއޫރު ލިޔެފައިވާ ކަރުދާސްތައް އެޅުމާއި، ފާރުތަކަށް ސްޕްރޭ ކުރުން ވަނީ ހައްދުފަހަނައަޅާ މިންވަރަށް މައްޗަށް ގޮސްފައެވެ.
އެގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މ.އެންދެރިމާގޭ ފާރުގައި މިރޭގެ ވަގުތެއްގައި ”އިންޑިއާ އައުޓު“ ޖަހާފައިވެއެވެ.