ޚަބަރު

ބަޖެޓު ޑެފިސިޓް 6.8 ބިލިއަނަށް އަރައިފި

ދައުލަތުގެ ބަޖެޓު ޑެފިސިޓް 6.8 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ބަޖެޓު ޑެފިސިޓް މިހާވަރަށް ބޮޑުވީ އާމްދަނީ އާއި ނުބައްދަލު ހަރަދު ސަރުކާރުން ބޮޑުތަނުން ކުރުމުގެ ސަބަބުންނެވެ.
ކޮންމެ ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށިގެން މި މަހު 22 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި  19،619 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ މުއްދަތުގައި ދައުލަތުން ހަރަދު ކުރީ 26،475 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން، ބަޖެޓު ދަރަނި ވަނީ 6.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ދައުލަތަށް ލިބުނު އާމްދަނީގެ %73 އަކީ ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެއީ 14,400 މިލިއަން ރުފިޔާ އެވެ.
އެ މުއްދަތުގައި ދައުލަތުގެ ބޮޑު ބަޔަކީ ހިންގުމުގެ ހަރަދެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސް އާއި މުސާރަ ފަދަ ރިކަރަންޓު ހަރަދުތަކަށް 19,477 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ތަރައްގީގެ މަޝްރޫއުތައް ފަދަ ކެޕިޓަލް އެކްސްޕެންޑިޗާއަށް ހަރަދުކުރީ އެންމެ 6,998 މިލިއަން ރުފިޔާ އެވެ.
ބަޖެޓު ޑެފިސިޓް އިތުރުވި ނަމަވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ސަރުކާރުގެ އިސްވެރިން އެކި ގައުމުތަކަށް ގިނަ ދަތުރުތައް ކުރެއްވުން ފަދަ ކަންކަމަށް ހުއްޓުމެއް ނާދެއެވެ.

One Comment

  1. ބަލަ ޖޫރިމަނާ ކޮށްގެން ލާރިލިބޭނެނު. މާދަމާ މިއޮތީ އަނެއްކާ ވެހިކަލް ތަކުގެ ނަންބަރު ބޯޑުން ފޭރިގަނެ ޖޫރިމަނާ ކުރަން ފަށާ ދުވަސް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button