ޚަބަރުސިޔާސީ

ރައީސް މައުމޫނުގެ ގެކޮޅުގެ ފާރުގައި ”އިންޑިއާ އައުޓު“ ޖަހައިފި!

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މ.އެންދެެރިމާގޭ ފާރުގައި ”އިންޑިއާ އައުޓު“ ޖަހައިފިއެވެ.

އެންދެރިމާގޭ ފާރުގައި ”އިންޑިއާ އައުޓު“ ޖަހާފައިވަނީ ނޫކުލައިގެ ސްޕްރޭއިންނެވެ.

ރާއްޖޭގައި ހަރަކާތްތެރި ވަމުން އަންނަ އިންޑިއާ ސިފައިންނާއި ޖާސޫސުންނާ ދެކޮޅަށް ހިންގާ މި ކެމްޕެއިންގެ ދަށުން އިންޑިއާ ސަފީރު މުނު މަހާވަރުގެ ގެކޮޅު ކުރިމައްޗަށް ”އިންޑިއާ އައުޓު“ ކަރުދާސްތައް ވެސް ވަނީ އަޅާފައެވެ. ދިވެހި ސިފައިންނަކީ ފިނދަނަތަކެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރެއްވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ގެކޮޅުގެ ކުރިމައްޗަށްވެސް ”އިންޑިއާ އައުޓު“ ކަރުދާސްތައް ވަނީ އަޅާފައެވެ.

އިންޑިއާ އެމްބަސީގެ އިތުރުން ރައީސް އޮފީސް ދޮރުމައްޗަށް ”އިންޑިއާ އައުޓު“ ކަރުދާސްތައް މީގެ ކުރިން އަޅާފައިވާއިރު މާލޭގެ ކަރަންޓު ފޮށިތަކުގެ އިތުރުން އެކި ސަރަހައްދަށްވެސް މި ކަރުދާސްތައް އަޅާފައިވެއެވެ.

ކަރުދާސްތައް އެޅުމާއި ”އިންޑިއާ އައުޓު“ ސްޕްރޭކުރުން ފެށުނީ އެ ޝުއޫރު ލިޔެފައިވާ ބެނާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށް ފުލުހުން ނަގަން ފެށުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button