ޚަބަރު

ފަރިއްކޮޅުގެ މައުލޫމާތު ދޭން މަހާޒު ދެކޮޅު ހެއްދެވި: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު, ވަކި ގޮތަކަށް ހުކުމް ކުރުމުން ދިން ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލާއިގެ އިތުރު ތަފްސީލު ހޯދުމަށް ކުރެއްވި މަސައްކަތަކަށް އޭނާ ގަސްތުގައި އިޖާބަ ދެއްވާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ބެއްލެވި ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ގަޒިއްޔާގައި ހިމެނޭ ހަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެކަމުގެ އުފަލުގައި ބައިވެރިވި ކަމަށް ބުނެ ފަނޑިޔާރު މަހާޒް އަލީ ގެ ސުލޫކީ ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވެވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް މަހާޒު ތަކުރާރުކޮށް އިއުތިރާޒުކުރެއްވި ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި މައުލޫމާތު ސާފުކުރަން ޖޭއެސްސީން ކުރި މަސައްކަތަށް ގަސްތުގައި އިޖާބަ ނުދިނުމަށްފަހު، މީޑިއާއާ އެ މައުލޫމާތު ހިއްސާކުރުމުން ޖޭއެސްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button