ކަވާސާގެ 27 ވަނަ ޝޯވް މިރޭ ކްލަބްހައުސްގަ!

ދިވެހި މިއުޒިޝަނުންގެ މެދުގައި މަގުބޫލު ކްލަބްހައުސް ކްލަބެއް ކަމަށްވާ ކަވާސާގެ 27 ވަނަ ގިގުގު މިރޭ ބާއްވަން ހަމަޖެހިއްޖެއެވެ.
މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ.
މިރޭގެ ޝޯވް ހާއްސަކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ފެނިގެން ދިޔަ މޮޅު ލަވަކިޔުންތެރިޔާ ހުސެއިން ސަމާހު (ބަޖިއްކޮ) އަށެވެ.
ޕްރޮގްރެސިވް އާޓިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބަޖިއްކޮގެ ވިދުވަރު ލަވައަކީ ގިނަބައެއްގެ މެދުގައި މަގުބޫލު ލަވައެކެވެ. މީގެ އިތުރުންވެސް އޭނާ ވަނީ އަމިއްލަ ލަވަތައް އާންމުންނާ ހަމައަށް ގެނެސްދީފައެވެ.
ކަވާސާއިން މިހާތަނަށް 26 ޝޯވް ކްލަބްހައުސް މެދުވެރިކޮށް އެހުންތެރިންނަށް ގެނެސްދީފައިވެއެވެ. އެ ކްލަބުން ބުނާގޮތުގައި ކުރިޔަށް ހުރި ޝޯވްތަކުގައި ހުނަރުވެރި އެތަކެއް މިއުޒިޝަނުން ފެނިގެން ދާނެއެވެ.