ޚަބަރުސިޔާސީ

ފެއްސާ ރަތާ ހުދުގެ ދިފާއުގައި ކުރެވޭ ހަނގުރާމައަށްވުރެ މުހިންމު ކަމެއް ނެތް: ރައީސް ޔާމީން

ފެއްސާ ރަތާ ހުދުގެ ދިފާއުގައި ކުރެވޭ ހަނގުރާމައަށްވުރެ މުހިންމު އިތުރު ކަމެއް ނެތްކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ ޝަރަފް ދެމެހެއްޓުމުގައި ކާބަފައިން އެތަކެއް ފަހަރެއްގެ މަތިން ދުޝްމަނުންނާ ހަނގުރާމަކޮށް، ކާމިޔާބު ހޯދި ކަމުގައެވެ.

މިއަދުގެ ހާލަތަށް ރިއާޔަތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ ފެއްސާ ރަތާ ހުދުގެ ދިފާއުގައި ކުރެވޭ ހަނގުރާމައަށްވުރެ މުހިންމު ކަމެއް މިވަގުތު ދިވެހިންގެ ކިބައިގައި ނެތް ކަމުގައެވެ. އަދި މިނިވަންކަމާއެކު ވިހުރުވޭ ގައުމީ ދިދައިގެ ދިފާއުގައި ފަހުނޭވަޔާ ޖެހެންދެން މައިދާނުގައި ސާބިތުވުމަށް ޔާމީން ވަނީ ދިވެހިންނަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫންނާ ދެކޮޅަށް ހިންގާ ”އިންޑިއާ އައުޓު“ ކެމްޕެއިނަށް ކޯލިޝަން ސަރުކާރުން ހުރަސް އެޅިނަމަވެސް އެ ހަރަކާތް ބާރަށް ކުރިޔަށް ގެންދިޔުމަށް މީގެ ކުރިން ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button