ޚަބަރު
ޓްވިޓާ ބޭނުންކުރަންފެށިތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓް ވެރިފައި ކޮށްފި
ޓްވިޓާ ބޭނުންކުރަންފެށިތާ ހަފްތާއެއްގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމީންގެ އެކައުންޓް ވެރިފައި ކޮށްފިއެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ޔާމީނަކީ އެންމެ ފަހަށް ޓުވިޓާއާ ގުޅިވަޑައިގެންނެވި ލީޑަރެވެ. ރައީސް ޔާމީން ޓުވިޓާ ބޭނުން ކުރަންފެށިތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި 8000 ގާތް ކުރާ އަދަދަކަށް މީހުން ވަނީ ރައީސް ޔާމީން އަށް ފޮލޯ ކޮށްފައެވެ.
Proud n honored 2b a Maldivian pic.twitter.com/93n6RgMr2H
— Abdulla Yameen (@prz_ymn) May 4, 2022
ރައީސް ޔާމީންގެ ޓްވީޓްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.