ޚަބަރުސިޔާސީ

އަޅުގަނޑުގެ ކުންފުނިން ހޯދި ބަދަލު ހަރަދު ކުރީ މަޖިލިސް އިންތިހާބަށް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހިއްސާ ކުރިން އޮތް ބިޒްނަސް އިމޭޖް ގްރޫޕު (ބިގް) ކުންފުންޏަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ދިން ފައިސާ ހަރަދު ކުރީ ނިމިދިޔަ މަޖިލިސް އިންތިހާބަށް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީ އިން ގެނެސްދިން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ބިގަށް 78 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ލިބުނުކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމުގައެވެ.

”އޭގެ ތެރެއިން ލިބުނީ 30 މިލިއަން. އެ 30 މިލިއަން ހަރަދުވީ 65 ގޮނޑި ނަގަން. ވައްޑޭ މެނަށް އެކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ބޭބެ އިބްރާހީމް އިސްމާއިލްގެ މަންދު ކޮލެޖަށް ބަދަލު ދިނީ ސުޕްރީމް ކޯޓުން ކަމަށާއި، އެކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button