ޚަބަރުސިޔާސީ

ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޮށްފާނެ

ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އަތުވެދާނެކަން ހާމަވެއްޖެއެވެ.

ގާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވުމާ ގުޅިގެން ގަވައިދާ ހިލާފަށް ފެން ބޭނުން ކުރާ ފަރާތްތައް ޖުރިމަނާ ކުރާނެ މިންގަނޑު ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އެ ގާނޫނުގެ 54 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައިވާ ގޮތުން ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް، -/5,000 (ފަސްހާސް) ރުފިޔާއާއި -/1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button