
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުއަހުމަދު ޝަރީފު ދަނީ އެ ކުންފުނީގެ ވަޒީފާއަށް ވަކި ބަޔަކު ވައްދަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
މެންބަރު ޝިޔާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ ދިމާކޮށް ޝަރީފް ވަކި ބަޔަކު ބޭނުންވާގޮތަށް ވަޒީފާ ދިނުން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމުގައެވެ.
MDP ge Ethereyge inthikhaabaa dhimaakoh @STELCOMALDIVES ge MD @ShareefRangondi Vaki bayaku beynunvaa gothakah vazeefaa dhinun vaguthun vaguthah hutaalumah govaalan , alhugandumei thikan varihama kohgen balaalah nuthibeynan @BondeM4 @Shiyamaldives @waddey_ @Dhonbiley @pcb_gov
— Hassan Shiyan (@HassanShiyaan) May 9, 2022
ޝިޔާން ފާހަގަކުރެއްވިގޮތުގައި އެކަން ވަރިހަމަކޮށްލައިގެން ބަލަން އޭނާ ނުހުންނާނެއެވެ.
އިލްކެޝަންސް ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި އަދި އީސީ ޝަރީފްގެ ނަމުން މަޝްހޫރުވެފައިވާ ޝަރީފަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ކެމްޕެއިން ކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ އަންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ފައްޔާޒަށް ވަރަށް ބޮޑަށް ސަނާކިޔަމުންނެވެ.