ޚަބަރުސިޔާސީ

ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ތާވަލްކޮށްފައިވާ ރައީސް ޔާމީންގެ ޝަރީއަތް ފަސްކޮށްދިނުމަށް އެދިއްޖެ

ކޯވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރީގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ އަޑު އެހުން ކުރިޔަށް ގެންދާތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ކަންބޮޑޫވުން ފާޅުކޮށްފިއެވެ،

ރައީސް ޔާމީންގެ ވަކީލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދަމާ ހެނދުނު 09:30 އަށް ކްރިމިނަލް ކޯޓަށް އެމަނިކިފާނު ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ. ކޯވިޑުގެ ނުރައްކާތެރި ބަލިމަޑުކަން ބިރުގަންނަ ހިސާބަށް އޮތް މި ދަނޑިވަޅުގައި ސިއްހީ ނުރައްކަލަށް ހުށަހެޅޭގޮތަށް ރައީސް ޔާމީން ކޯޓަށް ހާޒިރު ކުރާތީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

”މި ދަނޑިވަޅުގައި ގެއިން ނިކުތުންވެސް މަނާކުރެވިފައިވާއިރު، ސިއްހީ ނުރައްކަލަށް ހުށަހެޅޭގޮތަށް އެމަނިކުފާނު ހާޒިރު ކުރުމަކީ ގާނޫނު އަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމަކަށް ވާއިރު، އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދެއްވުމަށް އަޅުގަނޑުމެން ވާނީ ކްރިމިނަލް ކޯޓުގައި ދަންނަވާފަ.“ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ އިތުރު ދެ ދައުވާވެސް އޮތީ އިބުތިދާއީ މަރުހަލާގައެވެ. މި މަރުހަލާގައި މައްސަލަ ޝަރީއަތަށް ފޮނުވުމަށް ނުވަތަ ދައުވާ ނުކުރާ ގޮތަށްވެސް ނިންމިދާނެއެވެ. މީގެ ކުރިން ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ސަބަބުން އެމަނިކުފާނު މިހާރުވެސް ހުންނެވީ ބަންދެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button