ޚަބަރު

ރަށްފުށު އަންހެނުން ސެންޓު ޖަހައިގެން ތިއްބަސް ގައިން މީރުވަސް ނުދުވާކަމަށް ވިދާޅުވުމުން ރައީސް ނަޝީދުގެ ނުރުހުން މެމްބަރު ރާޝިދަށް އަމާޒުވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ފެށުނުއިރު، ރަށްފުށު އަންހެނުން ސެންޓު ޖަހައިގެން ތިއްބަސް ގައިން މީރުވަސް ނުދުވާކަމަށް ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ނުރުހުން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޝިދަށް އަމާޒުވެއްޖެއެވެ.

ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް މަޖިލީހުން ލަފާދިން ފިޔަވަޅުތައް ނާޅާތީ އެކަމުގެ ކަންބޮޑުވުން ފައުޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަން މުޙައްމަދު ރާޝިދަށް ދެވުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން، ރާޝިދުވަނީ އިބްރާހިމް މުހައްމަދު ސާލިހަށް ސަނާ ވިދާޅުވެ، ކުރިން ދިވެހިން ތިބީ ގައިން ތާހިރުނުވެކަމަށް ވިދާޅުވެފައެވެ.

ފެނާއި ނަރުދަމާއާއި އެފަދަ ކަންކަން ކުރިން ނެތް ރަށްރަށުގައި ތިބޭ އަންހެން ބޭފުޅުންނާއި މުހާތަބުކުރައްވަމުން ރާޝިދު ވިދާޅުވެފައިވަނީ ”އެތިބަ ރީތި ލޯބި އަންހެން ކުދިންގެ މޫނުމަތިން“ އުފާވެރިކަން މިހާރު ފެންނަ ކަމަށެވެ.

”އެބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނިކުތަސް މާ މީރުވަހެއް އަޅުގަނޑުމެންނަށް ނުދުވާ“ ރަށްފުށުގެ އަންހެނުން ފެންވަރައިގެން ސެންޓު ޖަހައިގެން ނިކުތަސް އެމީހުންގެ ގައިން މީރުވަހެއް ނުދުވާކަމަށް ރާޝިދު ވިދާޅުވެފައިވެއެވެ.

މުޙައްމަދު ރާޝިދު މިހެން ވިދާޅުވުމުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އަދި ދިވެހި އަންހެނުންނާ މުހާތަބުކޮށް އެހާ ބޭއަދަބީ ބަހެއް ބޭނުންކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެބޭފުޅާ ފާހަގަކޮށްފައިވެއެވެ.

”ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވާހަކަފުޅުދައްކަވާއިރުގައި ރާއްޖޭގެ ރައްޔިތުންގެ އެއްވެސް އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،“ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button