މިފަހަރު ބައިބަލާ ކުޅޭނީ ފިޔަވަޅުތައް ވަރުގަދަކޮށްގެން

މާލެ ތެރޭގައި ހިނގާދިޔަ މާރާމާރީތަކާ ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން ފަސްކުރި ބައިބަލާ މުބާރާތް ވަރުގަދަ ފިޔަވަޅުތަކަމާއެކު ކުރިޔަށް ގެންދަން ބައިބަލާ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބައިބަލާ އާއި މުޖުތަމައުތެރޭގައި ހިނގާ ކުށްތަކާ ގުޅުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ. ބައިބަލާގެ މަގްސަދަކީ މުޖުތަމައަށް ފައިދާ ހުރި ހަށިހެޔޮ ޒުވާނުން ބިނާކުރުން ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުންނާ ގުޅިގެން ފެށުމަށް ތައްޔާރު ވަމުން އަންނަ ބައިބަލާ މުބާރާތުގައި ކުޅިވަރުގެ ރޫހާ ހިލާފް ކަންކަން ކުރާ ޓީމްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެސޯސިއޭޝަނުން ނިންމާފައިވާއިރު، ޖުމްލަ 4 ޓީމަކުން 1000 ޒުވާނުން މިފަހަރުގެ މުބާރާތުގައި ފެނިގެން ދާނެއެވެ.
މުބާރާތް ބާއްވާނެ ވަކި ތާރީހެއް އެ އެސޯސިއޭޝަނުން އަދި ހާމައެއް ނުކުރެއެވެ.