ޚަބަރުސިޔާސީ

އަދުލުގެ ނިޒާމު އޮތް ހާލަތާއިމެދު ނަރީޝް ކަންބޮޑުވުން ފާޅުކޮށްފި

ދިވެހި ރާއްޖޭގެ އަދުލުގެ ނިޒާމު މިވަގުތު  އޮތް ހާލަތާއިމެދު މާލެ ސިޓީ ކައުންސިލްގެ ޑެޕއިޓީ މޭޔަރު އަހުމަދް ނަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ 3 ބާރުގެ ތެރެއިން 1 ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއަށް 1 އަހަރު ވެގެން ދިޔައިރު އެކަން ކުރި މީހުންނާއި ފަންޑު ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމު އޮތް ހާލަތު ހާމަވާ ކަމެއް ކަމަށެވެ.

ނަރީޝްގެ ޓްވީޓުގައި މިހާރުގެ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަރީޝް ވިދާޅުވީ ވެރިކަމަށް އައީ އިންސާފު ހޯދައިދޭނެ ކަމުގެ ވައުދުތައް ރައްޔިތުންނަށް ވަމުން ކަމަށާއި ތިމާމެންނާއި ޖެހުމުން އިންސާފު ވީތަނެއް އިގޭ އެކަކުވެސް ހުރި ކަމަކަށް ނުވިކަމަށެވެ.

ނަރީޝްގެ ޓްވީޓުގައި ވަނީ މިސަރުކާރުން އިންސާފު ހޯދައިދޭނެކަމަށް ވައުދުވި އެތަށް ބަޔަކަށް އިންސާފު މިހާރު ލިބުނީތޯ ސުވާލު އުފައްދަވާފައެވެ.

2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްދު ސޯލިހުގެ ކެމްޕޭންގައި ގޮތް ނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދާދީ އިންސާފު ހޯދާދޭނެކަމަށް ވަނީ ވައުދުވެވަޑައިގަންފައެވެ. އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން ގެ ހަގީގަތް ވެރިކަމުގެ ހުވާ ކުރާތާ ފުރަތަމަ ދުވަހު ހޯދާނެ ކަމުގައިވެސް 2018 ވަނަ އަހަރު ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދާހަމައަށް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

 

 

One Comment

Leave a Reply to goiy neyngey meehaa Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button