ހައުސިން ނީޑްސްއާ އެއްވަރަށް ހައުސިން ސްޓޮކެއް ކްރިއޭޓް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ސަލްޓަންޕާކުގައި ކުރިއަށް ދިޔަ ’އަހާ‘ ސިލްސިލާގެ ދެވަނަ ފޯރަމްގައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތަކީ އަދި އަމާޒަކީ ހައުސިން ނީޑްސް އާއި އެއްވަރަށް ހައުސިން ސްޓޮކެއް ކްރިއޭޓް ކުރުން ނުވަތަ ގެދޮރުގެ ފުރުސަތު ފަހި ކޮށްދިނުން ކަމަށެވެ.
އެގޮތުން އެކި ޕްރޮޖެކްޓްސްތަކުގެ ތެރެއިން ގެދޮރު އެޅުމުގެ މަޝްރޫއުތައް މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް އަވަހަށް ފަށާނެކަމަށާއި މި އަހަރު ތެރޭގައި މިފަދަ މަޝްރޫއުތައް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.