މާލެ ސަރަހައްދުގެ އާންމުންނަށް މިފަހަރު އީދު ތަހުނިޔާ ފޮނުވީ ސިޓީ ކައުންސިލުން
މާލެ ސަރަހައްދުގެ ރައްޔިތުންނަށް އީދު ތަހުނިޔާގެ މެސެޖު ދިރާގު މެދުވެރިކޮށް މާލެ ސިޓީ ކައުންސިލުން ފޮނުވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ދިރާގުން ހިލޭ ސާބަހަށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ސިޓީ ކައުންސިލްގެ ފަރާތުން އީދު ތަހުނިޔާގެ މެސެޖު ފޮނުވައިދީފައިވާތީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.
Thank you @Dhiraagu and @OoredooMaldives for accepting @MaleCitymv's request and being extremely supportive in sending the Eid greetings to all Male area registered numbers, free of charge. Wish you all a happy Eid. Eid Mubarak!
— Dr Mohamed Muizzu (@MMuizzu) May 2, 2022
އިތުރު ޓުވީޓެއް ކުރައްވައި މުއިއްޒު ވިދާޅުވީ
މި އީދަކީ މުޖުތަމައުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އަޅާލުމާއި، އެކުވެރިން އާލާކުރުމަށް ކޮންމެ ފަރުދަކުވެސް އަޒުމް
ކަނޑައަޅާ އީދެއް ކަމުގައި ހަދަން ޖެހޭ ކަމުގައެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔަޮ ދުޢާ އާއި ތަހްނިޔާ ތިބާ އާއި ތިބާގެ ޢާއިލާއަށް އަރިސްކުރަން. މި ޢީދަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އަޅާލުމާއި، އެކުވެރިން އާލާކުރުމަށް ކޮންމެ ބޭފުޅަކުވެސް ޢަޒުމް ކަނޑާ ޢީދެއް ކަމުގައި ހަދަމާތޯ! ޢީދު މުބާރަަކް! pic.twitter.com/bhcFI6yxdI
— Dr Mohamed Muizzu (@MMuizzu) May 1, 2022
ސިޓީ ކައުންސިލުން އީދު ތަހުނިޔާ ފޮނުވުމުން ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިސް ބޭފުޅަކުވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
Male’ City Council was first to wish citizens. Thank you @MMuizzu . Eid Mubarak to all. pic.twitter.com/Vj8aODPUTg
— Ablho 🎈 ؟🇵🇸 🇲🇦 (@ablho) May 1, 2022
އޭނާ ފާހަގަކުރެއްވިގޮތުގައި މާލެ ސަރަހައްދުގެ ރައްޔިތުންނަށް އެންމެ ފުރަތަމަ އީދު ތަހުނިޔާ ފޮނުވީ ސިޓީ ކައުންސިލުންނެވެ.