ޚަބަރުސިޔާސީ

ޕީޕީއެމް އޮފީހުގައި ދެމި ”އައުޓު“ ބެނާވެސް ފުލުހުން ނަގައިފި

އިންޑިއާ އައުޓު ކެމްޕެއިނުގެ ދަށުން ހ.ހުރަފަ ގޭގައި ހުންނަ ޕީޕީއެމް މައި އޮފީހުގައި ދެމި ”އައުޓު“ ބެނާއެއް ފުލުހުން ނަގައިފިއެވެ.

މިރޭ މެންދަމުން އަލިވެ 3:30 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން އެސްއޯ ފުލުހުން ޕީޕީއެމް އޮފީހަށް ވަދެ ”އައުޓު“ ބެނާ ކަނޑާލުމަށްފަހު ގެންދިޔައީ ވެހިކަލަށް ލައިގެންނެވެ. ކޯޓު އަމުރު ނެރެފައިވަނީ 11:28 ގައެވެ.

އެ އަމުރުގައި ވަނީ އިންޑިއާގެ ދިދައިގެ ރަސްމީ ކުލަތައް ދޭހަވާގޮތަށް އިންޑިއާ އައުޓު ކަމަށް ޝައްކު ކުރެވޭ ކުރެހުމެއް ޕީޕީއެމް އޮފީހުގައި ކުރަހާފައި ހުރުމުގެ ސަބަބުން ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމުގައެވެ. އަދި އިންޑިއާ އައުޓުގެ ސްޕެލިން ބަދަލު ކުރުމާއި، އެކި ކަހަލަ ގްރެފެޓީ ބޭނުން ކުރަނީ ކޯޓު އަމުރަން ގޮންޖަހަން ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވަން ގާނޫނާ ހިލާފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުވާ ގަރާރުތަކަށް ތަބާނުވާނެ ކަމުގައެވެ. އަދި މިރޭވެސް ބެނާތައް ދަމާނެކަން މުހައްމަދު ފާހަގަކުރެއްވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button