އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ”ސައިޒު“ ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި މީހަކު އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ތަހްގީގުކޮށް ދިނުމަަށް ޕޮލިހަށް ހުށައަޅާފައިވާ ކަމުގައެވެ.
މިރޭގެ ވަގުތެއްގައި ސޯޝަލްމީޑިއާގައި މީހަކުއާއްމުކޮށްފައިވާ ވީޑިއޯއެއްގައި ޕީޕީއެމްގެ ރައީސް ، ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ތަހްގީގުކޮށް ދިނުމަަށް މިހާރުވާނީ ޕޮލިހަށް ހުށައަޅާފައި @DhiyaresNews @thevoice_mv @avasmv @VaguthuOnline @Mihaarunews @sunbrk
— Heena Waleed 🇲🇻 (@HeenaWaleed) May 1, 2022
މީސް މީޑިއާގައި ޔާމީނަށް އިންޒާރު ދިނީ މޯލްޑިވްސް ޔޫތު ފޯސް ކިޔާ މޫވްމެންޓުގެ މެންބަރު ހުސެއިން ސައީދު އެވެ. އޭނާ ވަނީ އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ބީޖޭޕީ ސަރުކާރާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ޖާސޫސޫންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
ސައީދަކީ މީގެ ކުރިން އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އެކަމަކު އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެފެއްދެވި ސިޔާސީ ޕާޓީ، އެމްޓީޑީއަށް ބަދަލުވެފައެވެ.