ޚަބަރު

ނޫސްވެރިޔާ ޝީރީން މަރާލި މައްސަލައިގައި ހުރިހާ ނޫސްވެރިން އަޑު އުފުލަން ޖެހޭ: ޑރ.ޝަހީމް

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ބަޑިޖަހާ މަރާލި އަލްޖަޒީރާގެ ނޫސްވެެރިޔާ ޝީރީން އަބޫ އަގްލީހްގެ ދިފާއުގައި ދުނިޔޭގެ ހުރިހާ ނުސްވެރިން ތެދުވުމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން ( އައިއޯސީސީ ) ގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޒްރޭލް ސިފައިން، އަނިޔާވެރިގޮތެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން ބަޑިޖަހައި މަރާލުމަކީ އިންސާނިއްޔަތުކަމާ ހިލާފު އަމަލެއް ކަމުގައެވެ.

އެހެންކަމުން ދުނިޔޭގެ ހުރިހާ ނޫސްވެރިން އެކަން ކުށްވެރި ކުރަންޖެހޭނެ ކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ޝީރިންގެ ފޮޓީ ހިފައިގެން އަލްޖަޒީރާގެ ނޫސްވެރިން ހިތާމަ ފާޅުކުރަނީ

ފަލަސްތީނަށް ނިސްބަތްވާ ޝީރީން މަރާލީ، ޖެނިންގައި ޔަހޫދީ ސިފައިންގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރިކަން ކަވަރުކުރުމުގައި އުޅެނިކޮށެވެ. ޔަހޫދީ ސިފައިން އޭނާ މަރާލި ނުސްވެެރިއެއްކަން އަންގައިދޭ ޖެކެޓުވެސް ލައިގެން ހުއްޓައެވެ.

އޭނާ އަކީ 2000 ވަނަ އަހަރުން ފެށިގެން އަލްޖަޒީރާގައި މަސައްކަތް ކުރަމުން އަންނަ ހިތްވަރުގަދަ ނޫސްވެރިއެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button