
ބެނާގެ ބަދަލުގައި ”އިންޑިއާ އައުޓް“ ގްރެފިޓީ ފާރުތަކަށް ޖަހަން ފަށައިފިއެވެ.
ރަށްދެބައި މަގުގައި ހުންނަ ގ.ގްރީން ބީންސް ގޭގެ ފާރުގައި އިންޑިއާ އައުޓް ޝިއާރާ ގުޅޭ ކުރެހުމެއް ރޭ ވަނީ ކުރަހާފައެވެ.
އެ ކުރެހުމުގައި އިންޑިއާ ދިދައިގެ މެދުގައި ހުންނަ ބޮޅު އަދި އެގައުމުގެ ދިދައިގެ ކުލަތައް ބޭނުންކޮށްގެން ”އައުޓު“ ޖަހާފައިވެއެވެ. އަދި ރާއްޖޭގެ ދިދައިގެ މައްޗަށް އަސްކަރީ މީހެއްގެ ބޫޓުން އަރާފައިވާ މަންޒަރުވެސް ކުރަހާފައިވެއެވެ.
އިންޑިއާ އައުޓް ޖަހާފައި ހުންނަ ބެނާތައް ނުދެމޭނެކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ގަރާރު ނެރުއްވި ފަހުންވެސް އާންމުން އަންނަނީ ސްޕެލިން ބަދަލުކޮށްގެން އިންޑިއާ އައުޓް ޝުއޫރު ފާޅުކުރަމުންނެވެ.