މާލީ ވަޒީރަށް ދެން ލަފާ އަރުވާނީ ބޭރު މީހެއް
މާލީ ވަޒީރު އިބްރާޙީމް އަމީރަށް ލަފާ އަރުވަން ވޯލްޑު ބޭންކުގެ ކުރީގެ އިކޮނޮމިސްޓެއް ކަމަށްވާ ޑރ.ޝާންތަ ދެވަރަޖަން ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ކުރީ ޓުވީޓެއްގައި މިކަން ރަސްމީކޮށް ވަނީ އިއުލާން ކޮށްފައެވެ.
We are pleased to announce the appointment of former Acting Chief Economist of the @WorldBank, Dr. Shanta Devarajan as Advisor to the Ministerhttps://t.co/bjOJykUeYh
— Ministry of Finance (@MoFmv) May 27, 2021
އެނިފައިވާގޮތުގައި އޭނާ އެ މަގާމާއި ހަވާލުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ދެވަރަޖަން އަކީ ސްރީލަންކާ ބޭފުޅެކެވެ. އެމެރިކާގެ ޖޯޖްޓައުން ޔުނިވާސިޓީގައި ދެވަރަޖަން ކިޔަވައިދެއްވައެވެ. އަދި އެމެރިކާގެ މަޝްހޫރު ހަވަޑް ޔުނިވާސިޓީގައިވެސް އޭނާ މަސައްކަތްކުރެއްވިއެވެ.
ޑރ.ދެވަރަޖަން މަސައްކަތް ކުރައްވަނީ މުސާރައަށް ތޯ ނުވަތަ ހިލޭ ސާބަހަށްތޯ ސަރުކާރުން ނުބުނެއެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރުމާ ގުޅިގެން މިނިސްޓަރ އަމީރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.