ޚަބަރުސިޔާސީ

ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކީ ތ. ގުރައިދޫ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށްވާނީ ތ. ގުރައިދޫ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ ލީޑާޝިޕުގައި މަޝްވަރާކޮށް ނިންމީ، އިންތިހާބަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ، އެންމެ މަތީ ޕަސެންޓޭޖަކުން ވޯޓު ލިބުނު ރަށަކަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުއިއްޒަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިފައި ވަނީ ތ. ގުރައިދޫއިން ކަމަށް ވުމާއިއެކު ޑރ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށްވާނީ ތ. ގުރައިދޫއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކުރެއްވި އިރު ކޮންމެ ރަށަކުންވެސް އެދެމުން ދިޔައީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އެރަށަކަށް ވަޑައިގަތުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button