ދީނީ އިރުޝާދުދޭ ބޯޑުތަކެއް މާލޭސިޓީ ކައުންސިލުން މާލޭގައި ހަރުކޮށްފި
މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަަހައްދުތަކުގައި ދީނީ އިރުޝާދުދޭ ބޯޑުތަކެއް ހަރުކޮށްފިއެވެ.
މިއީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.
މި ބޯޑުތަކުގެ ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރަމުން މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގަ ވާގޮތަށް ޗާލު މާލެސިޓީގެ ދަށުން މިއަދު މާލޭގެ އެކި މަގުތަކުގައި ރިވެތި އިރުޝާދުދޭ ބޯޑުތަކާއި ޝިއާރުތައް ހަރުކުރެވިފައިވާ ކަަމަށެވެ.
MCC ge Strategic Action Plan gai himeney kamehkamugaivaa 'rivethi irushad dhey board' thah Male city ge eki hisaabugai harukurumuge masakkai miadhu vanee feshifai.Kudhi board thakuge ithurun bodethi board thahves meehunnah ginain fennaane hisaabuthakugai harukureveyne IA pic.twitter.com/vfyBX7EVpt
— Dr Mohamed Muizzu (@MMuizzu) April 21, 2022
މޭޔަރު އިތުރަށް ވިދާޅުވީ ކުދި ބޯޑު ތަކާއި ބޮޑެތި ބޯޑުތައް ވެސް މީހުންނަށް ގިނައިން ފެންނަ ހިސާބުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ މާލެ ސިޓީގައި މިހާ ފުޅާކޮށް މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ.