ޚަބަރުސިޔާސީ

ފަތިސް ނަމާދު ވަގުތު ކޯޓު ހުޅުވައިގެން އަމުރު ހޯދައި، ބެނާތައް ނެގުމުން ޔާމީންގެ ރައްދު: ތި ތިބީ ދަށުވެފަ!

މާލޭގެ ގެތަކުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާތަކުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅުގައި ހުރި ބެނާ ނެގުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް ފުލުހުން އެގެއަށް ވަނުމުން، ޔާމީން ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން ޑޮކްޓަރަށް ދެއްކެވުމަށް ގެކޮޅުން ނިކުމެވަޑައިގަންނަމުން ވިދާޅުވީ، ސަރުކާރުން އަންގާ ޣައިރުގާނޫނީ އަމުރަށް ފުލުހުން ތަބާވެ، ވެރިންގެ ދަށުވެފައިވާ ކަމުގައެވެ.

”ހާދަ ވަރަކަށް ދަށުވެފައޭ ދޯ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

މާލޭގެ އެކި ގެތަކުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާތައް ނެގުމަށް ފުލުހުން އެންގުމުންވެސް އެތަކެތި ނަގާފައިނުވެއެވެ. މިއަދު ފަތިސް ނަމާދަށް ބަންގި ގޮވަނިކޮށް ކޯޓު ހުޅުވައިގެން އެތަކެތި ނެގުމުގެ އަމުރެއް ފުލުހުން ވަނީ ހޯދާފައެވެ.

މިކަމާގުޅިގެން އިދިކޮޅުން ބުނީ އެ ބެނާތައް ފުލުހުން ނަގާ މައްސަލަ ބަލާނެކަމުގައެވެ. އަދި އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ދާނެކަމަށްވެސް އިދިކޮޅުން ވަނީ މިއަދު ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button