ޚަބަރުސިޔާސީ

އިންޑިއާ އައުޓް ބެނާ ނަގަން އެންގީ ކޮން ގާނޫނަކުން ކަމެއް ފުލުހުންނަށް ބުނެއެއް ނުދެވުނު!

އިންޑިއާ އައުޓް ބެނާ ނަގަން އެންގީ ކޮން ގާނޫނަކުން ކަމެއް ފުލުހުންނަށް ބުނެއެއް ނުދެވުނެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލޭގޭ ބައެއް ގެތަކުގައި ނަގާފައި ހުރި އިންޑިއާ އައުޓް ދިދަ ނަގަން ފުލުހުން އަންނަނީ އަމުރު ކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ކަމަށްވާ ހ.ދޫވެހި ގެއާއި، ޕީޕީއެމް އޮފީސް ހުންނަ ހ.ހުރަފަ ގެއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ ގެ ކަމަށްވާ ގ.ހޭޅި ގޭގައި ނަގާފައި ހުރި އިންޑިއާ އައުޓް ބޮޑު ދިދަ ވަގުތުން ވަގުތަށް ނަގަން ފުލުހުން ވަނީ އަންގާފައެވެ.

ހުރަފަ ގޭގެ ވެރިފަރާތަށް ފުލުހުން ފޮނުވި އެންގުމުގައި ފުލުހުން ބުނީ އިންޑިއާ އައުޓް ޖަހާފައި ރާއްޖޭގައި ދިދަ ނެގުމުގެ ސަބަބުން އިންޑިއާގައި ތިބި އަދި އެގައުމަށް ދާ ދިވެހިންނަށް ގެއްލުންވެދާނެ ކަމުގައެވެ.

ރާއްޖޭގެ މަސްލަހަތަށް ގެއްލުން ވުމާއެކު އެއީ ފިތުނަވެރި އަމަލެއްކަން ބަޔާންކުރަމުން ފުލުހުން ހަވާލާދީފައިވާނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަންބަރަށެވެ. އެ ނަންބަރުގައި ބުނެފައިވަނީ ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމެވެ.

އެކަމަކު އިންޑިއާ އައުޓް ޖަހާފައި ބެނާއެއް ދެމުމުގެ ސަބަބުން އޮތް ނުރައްކަލަކީ ކޮބައި ކަމާއި، އެ ބެނާ ފެނިގެން އެއްވެސް މީހަކު ފުލުހުންނަށް ރިޕޯޓް ކޮށްފައިވޭތޯ ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދިނެވެ. އަދި ގާނޫނު އަސާސީ އާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ޝުއޫރެއް ބެނާއެއްގައި ލިޔުމާއި ފުލުހުން ހަވާލާދިން ގާނޫނާއި އެއްވެސް ގުޅުމެއް ނެތެވެ. އެފަދަ އޮޅުވާލުމެއް އޮޅުވާލީ ކީއްވެތޯ ”ބޮންތި“ އިން ކުރި ސުވާލަށްވެސް ފުލުހުން ޖަވާބެއް ނުދިނެވެ.

އެ ގާނޫނަކީ އާންމު މަސްލަހަތު ނަގާލުމުގެ މާނައިގައި ހަދާފައިވާ ގާނޫނެއް ކަމުން އިންޑިއާ އައުޓް ޖަހާފައިވާ ބެނާއެއް ނުވަތަ ދިދައެއް އަމިއްލަ ފަރާތެއްގެ ގެއެއްގައި ނެގުމަކީ ގާނޫނު ހުއްދަ ކުރާ ކަމެކެވެ.

އެހެން ނަމަވެސް ގޭންގު އުސޫލުން ގާނޫނާ ހިލާފަށް ފުލުހުން ހިންގަން ފެށި މި އަމަލު ކުރިޔަށް ގެންދަން ނިންމާފައިވާކަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ. އެގޮތުން މިރެއިން ފެށިގެން މާލޭގެ ގެ ތަކުގައި އިންޑިއާ އައުޓް ބެނާ ދަމާފައިވޭތޯ ބެލުމަށް ފުލުހުން ހަރަކާތްތެރި ވާނެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސްނުވެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުޤޫބާތާއި ހިލާފު ކަމެއް ކަމަށެވެ. ނަޝީދު މިހެން ވިދާޅުވުމާއެކު އެމަނިކުފާނުގެ ބަހަށް ފުލުހުން މިވަނީ އަމަލު ކުރަން ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button