ޚަބަރު

ރައީސް ޔާމީންގެ ގެކޮޅުގައި ”އިންޑިއާ އައުޓް“ ބެނާއެއް ހަރުކުރުމުން ނަޝީދު ހިތްހަމަ ނުޖެހިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ ”އިންޑިއާ އައުޓް“ ޖަހާފައިވާ ބޮޑު ބެނާ، ފުލުހުން ފޮނުވައިގެން ނަގަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސްނުވެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުޤޫބާތާއި ހިލާފު ކަމެއް ކަމަށެވެ.

”އެއީ ގާނޫނުލްއުގޫބާއި ހިލާފު ކަމެއް. އާއްމު މަސްލަހަތާއި ހިލާފު ކަމެއް. އެތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ވަގުތުން ވަގުތަށް ފުލުހުން ނަގަން ޖެހޭނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާގައި ހުރީ ރާއްޖޭގެ ގައުމީ ދިދައިގައި ހިމެނޭ ފެއްސާރައި ރަތާއި ހުދު ކުލައެވެ. ބެނާގައި ވަނީ ރަތް ކުލައިން އިންޑިއާ އައުޓް ލިޔެފައެވެ.

 

 

One Comment

  1. قانون މިހާރު ކުއްލި އަކަށް މުހިއްމު ވެއްޖެ؟ قانون މަތިން ހަނދާންވެއްޖެ ، ތިމާގެ ޤަވްމުގެ ރައްޔަތުންގެ ފައިސާ
    ހީލަތާއި މަކަރުން ތިމާގެ އަމިއްލަ ނަފްސަށް ޚަރަދު ކުރަމުން ދިއުން އެއީ
    ވެސް ހަމަ قانون ގައިވާ ގޮތް؟ މިސާލު:- އެމެރިކާއަށް ދާން ޖެހުނަސް ފްލައިޓް ވެސް ޗާޓަރ ކޮށްލައިގެން ގޮސްލަނީ.. އަމިިއްލަގެ ބައެއް ފަރަށް
    ކަމުދޭ. އޭގެ ބަދަލުގައި އެންމެ އަގު ބޮޑު ހޮޓަލުގައި ބައެއް ފަހަރު އެތަށް ދުވަހަކު ހުރެލަންވީ . ތިމާ އެކަނި .

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button