ޚަބަރުސިޔާސީ

ރައީސް ޔާމީން ގެކޮޅުގައި ”އިންޑިއާ އައުޓް“ ބޮޑު ބެނާއެއް ހަރުކޮށްފި

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕޭންގެ ބޮޑު ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި މިއަދު ހަވީރު ހަރުކޮށްފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ.ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާގައި ހުރީ ރާއްޖޭގެ ގައުމީ ދިދައިގައި ހިމެނޭ ފެއްސާރައި ރަތާއި ހުދު ކުލައެވެ. ބެނާގައި ވަނީ ރަތް ކުލައިން އިންޑިއާ އައުޓް ލިޔެފައެވެ.

މީގެ ކުރިން ޕީޕީއެމްގެ މައި އޮފީހާއި މާލެ އެހެން ގެއެއްގައިވެސް ”ޢިންޑިއާ އައުޓް“ ގެ ބޮޑު ބެނަރ އެއް ހަރުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފައި މިވަނީ އެޑްމިރަލް ރާދަކްރިޝްނަން ރާއްޖެ ވަޑައިގެން މިއަދު ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ބައްދަލު ކުރައްވާ ރާއްޖޭގެ ޗާޓް ވިއްކައިގެން އިންޑިއާ އަށް ލިބުނު ފައިސާގެ %25 އިންސައްތަ ރާއްޖެ އާއި ހަވާލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button