ޚަބަރު

މާލެ ސިޓީ ކައުންސިލް ޕާރކް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތަށް ކުޅެ ނިންމާލައިފި

މާލެ ސިޓީ ކައުންސިލް ޕާރކް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތަށް ކުޅެ ނިންމާލައިފިއެވެ.

ދޮންގަނޑު ބީޗް ވޮލީ ބޯޅަ ކޯޓުގައި ރޭގައި ވަނީ 6 މެޗެއް ކުޅެފައެވެ. މީގެ ތެރެއިން ފުރަތަމަ 2 މެޗަކީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގެ 5 ވަނަ ހޮވުމަށް ކުޅުނު މެޗުތަކެކެވެ. ފިރިހެން ޑިވިޝަނުގެ 5 ވަނަ ހޮވުމަށް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ގުޑީސް ސްޕޯޓްސް ކްލަބެވެ. އަދި އަންހެން ޑިވިޝަނުގެ 5 ވަނައަށް ހޮވިފައި ވަނީ  އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިންލް ކުޅޭނެ ފުރަތަމަ ޓީމު ހޮވުމަށް ކުޅުނު ތިންވަނަ މެޗުގައި ވާދަކުށްފައިވަނީ ޑީވީވީއޭ ބުލްސް އަދި ޑީވީވީއޭ ސްކައިއެވެ. މި މެޗު ކާމިޔާބު ކުރީ ޑީވީވީއޭ ސްކައި އިންނެވެ. އަދި  މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިންލް ކުޅޭނެ ފުރަތަމަ ޓީމު ހޮވުމަށް ކުޅުނު ހަތަރުވަނަ މެޗުގައި ވާދަކޮށްފައިވަނީ ޑީވީވީއޭ ކުއީންސް އަދި މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްއެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސް އެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރުމަށް ކުޅުނު ފަސްވަނަ މެޗުގައި މޯލްޑިވްސް ވެޓަރަންސްގެ މައްޗަށް ކުރި ހޯދާ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައިވަނީ ޑީވީވީއޭ ޝޫޓާސްއެވެ. އަދި އަންހެން ޑިވިޝަނުގެ ފަހު ޖާގަ ކަށަވަރުކުރުމަށް ކުޅުނު ހަވަނަ މެޗުގައި ވާދަކޮށްފައިވަނީ ޕޮލިސް ކުލަބް އަދި ވޮލީ ބޯލް ޔޫތް ނިއު ޖެނަރޭޝަންއެވެ، މި މެޗު ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކްލަބުންނެވެ.

މި މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑުއެވެ.

މި މުބާރާތަކީ މާލެ ސިޓީ ކައުންސިލުން މިގޮތަށް އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ވޮލީ ބޯޅަ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތުގެ ވަނަ ވަނަ އަށް އަންނަ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެއް ވަނަ ޓީމަށް 45،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް، ދެވަނަ ޓީމަށް 25،000ރ. އާއި ސެޓްފިކެޓް، ތިން ވަނަ ޓީމަށް 15،000ރ. އާއި ސެޓްފިކެޓް، ހަތަރު ވަނަ ޓީމަށް 10،000ރ. އާއި ސެޓްފިކެޓް އަދި ފަސް ވަނަ ޓީމަށް 5،000ރ. އާއި ސެޓްފިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button