ހުޅުމާލޭ ރެސްޓޯރެންޓެއް ތެރޭގައި ބަންގްލަދޭޝް ވެއިޓަރެއްގެ ކަރަށް ވަޅި ހަރައި މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާ ފިލައިފިއެވެ.
އުމުރުން 26 އަހަރުގެ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު ހޯދުމަށް ފުލުހުން ވަނީ މިހާރު އާންމުންގެ އެހީއަށް އެދިފައެވެ. އޭނާ އަކީ ނުރައްކާތެރި މީހެއް ކަމަށާއި، އެ މީހާ އާއި ކުރިމަތި ނުލުމަށްވެސް ފުލުހުން ބުނެފައިވެއެވެ.
Muhammad Abid, a 26-year-old male Pakistani national is wanted in suspicion of this homicide.
The suspect is deemed dangerous and we urge public not to approach him and call 119 if seen. 2/2 pic.twitter.com/u6Rnn5EVIL
— Maldives Police (@PoliceMv) April 16, 2022
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވި ބަންގްލަދޭޝް މީހާ ރެސްޓޯރެންޓުން ނެރުނުއިރުވެސް އޮތީ މަރުވެފައެވެ.