ޚަބަރުސިޔާސީ

މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައާއި ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މޭމަހުގެ 1 ވަނަ ދުވަހުގެ ފަތިހު 05:08 ހާއިރުއެވެ. އޭނާއަށް ހަމަލާދިނީ ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރުގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައި ވާ ކަމަށެވެ. އެއީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ފީދަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މެމްބަރު ޒަރީރަށް ދިން ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާތަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ. އެ ހަމަލާގައި ޒަރީރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޒަރީރަށް ހަމަލާދިން މައްސަލަ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެކަން ތަޙުޤީޤުކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button