ޚަބަރު
ސަލްމާން މިސްކިތުގެ ދެކުނު ފަރާތަށް ވަރަށް ބޮޑަށް އުދައެރުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް ކައުންސިލްގެ މުވައްޒަފުން ނިކުމެއްޖެ
ސަލްމާން މިސްކިތުގެ ދެކުނު ފަރާތަށް ވަރަށް ބޮޑަށް އުދައެރުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް ކައުންސިލްގެ މުވައްޒަފުން ނިކުމެއްޖެއެވެ.
ސަލްމާން މިސްކިތުގެ ދެކުނު ފަރާތަށް އުދައެރުމުގެ ސަބަބުން އެތަނުގައި ހަދާފައިވާ ޕާކިންގ ސަރަހައްދަށްވެސް އެކަމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ.
މިކަން ހައްލު ކުރުމަށްޓަކައި ކައުންސިލްގެ މުވައްޒަފުން އަންނަނީ ހުކުރު ނަމާދަށްފަހު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މަސަރަހައްދުގައި ފަސްފުނި ޖެހުމުގެ މަސައްކަތްއަންނަނީ ކުރަމުންނެވެ.
ސަލްމާން މިސްކިތުގެ ދެކުނު ފަރާތަށް ވަރަށް ބޮޑަށް އުދަ އެރުމާއި ގުޅިގެން މާލޭގެ މޭޔާރ ޑރ މުހައްމަދު މުއިއްޒު ވަނީ ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ފެށުމަށް އަންގާފައިކަން ފާހަގަ ކޮށްލެވެއެވެ.