މަގުތައް ސާފުކޮށް ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: މޭޔަރު
![](https://bonthinews.com/wp-content/uploads/2022/02/2F892C38-7729-47EA-8AF3-B2F181AA5C94.jpeg)
މަގުތަށް ސާފުކޮށް ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމުގައި މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔާރ މުއިއްޒުގެ ވައިބާ ކޮމިއުނިޓީގައި އާންމުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވީ މާލޭގެ އެކި މަގުތަކުގައި ގޭގެއިން ނެރެފައި ބަހައްޓާފައި ހުންނަ ސޯފާތަކާއި އެކިއެކި ފަރުނީޗަރު އަދި ހުސް ފޮށިގަނޑު ފަދަ ތަކެތި ހުންނަކަމަށެވެ. އަދި މި ގޮތަށް ބަހައްޓަނީ ވެމްކޯގެ ހިދުމަތް އަގު ބޮޑުވުމާއި އެތަނުގެ ހިދުމަތް ހުންނަގޮތުން ރައްޔިތުންނަށް ދަތިވާތީކަން އެނގޭކަމުގައި ވެސް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިފަދަ ސަބަބުތަކަކީ މަގުމައްޗަށް ކުނި މިފަދައިން އަޅާފައި ބެހެއްޓުން ހުއްދަވާ ސަބަބެއް ނޫން ކަމަށާއި މަގުތަށް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެ ފަރާތުން އެންމެންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެންވާނެ ކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ މަގުމައްޗަށް ނެރެހާ ކުންޏަކީ ކައުންސިލުން އުކާލަން ޖެހޭ އެއްޗެއް ކަމުގައި ދެކި ހުރިހާ އެންމެން މަގުމައްޗަށް ކުނި ނެރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި އެހެންނަމަވެސް ް މާލެ ސިޓީ ކައުންސިލްގެ ގާބިލުކަން ހުރި އެންމެ ފުޅާ މިންވަރަކުން މަގުމަތީގައި ހުންނަ ކުނިތަށް ނަގަން މަސައްކަތް ކުރާނެ ކަމަށެވެ.