ޚަބަރު

ވަރުގަދަ ބަޔާން ހަޑި ގޮތަކަށް ޗެމްޕިއަންސްލީގުން ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު ސްޕެއިންގެ ވިޔަރެއާލުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މިބުރުގައި ކުޅުނު ފުރަތަމަ ލެގުގައި ވިޔަރެއާލް އިންވަނީ އަމިއްލަ ދަނޑުގައި ކުޅެ ބަޔާންގެ މައްޗަށް 0-1 އިން ކުރިހޯދާފައެވެ.

މިރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވުމުން ވިޔަރެއާލަށް ސެމީގެ ފުރުސަތު ލިބުނީ 2-1 އެއްގެ އެގްރިގޭޓު ނަތީޖާ އަކުން ކުރިލިބުމުންނެވެ.

ވިޔަރެއާލުން ސެމީގެ ފުރުސަތު ހޯދިއިރު މިއީ އެ ޓީމުން މި މުބާރާތުގެ ސެމީން ފުރުސަތު ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު އެ ޓީމް ވަނީ ސެމީގައި ވާދަކޮށް އާސެނަލް އަތުން ބަލިވެފައެވެ.

ސެމީގައި ވިޔަރެއާލް ނުކުންނާނީ ކުއާޓަރ ފައިނަލުގައި ބުދަ ދުވަހުގެރޭ ބެންފީކާ އާއި ލިވަޕޫލް ކުރިމަތިލުމުން ކުރިހޯދާ ޓީމަކާއި ދެކޮޅަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button