ޚަބަރުކުޅިވަރު

ޗެމްޕިއަންސް ލީގުގައި އަނެއްކާވެސް ބެންޒެމާގެ ހެޓްރިކެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ކަރީމް ބެންޒެމާގެ ހެޓްރިކާ އެކު 3-1 އިން ޗެލްސީ ބަލިކޮށް، ރެއާލް މެޑްރިޑު ޗެލްސީގެ މައްޗަށް ކުރި ހޯދައިފި އެވެ.

މެޗުގެ 21 ވަނަ މިނިޓުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖެހީ ބެންޒެމާ އެވެ. އޭނާ ވަނީ ވިނީޝިއުސްސް ނަގައިދިން ބޯޅައެއް، އޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ގޯލު މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ. އަދި އަލުން މެޗު ފަށައި، ޗެލްސީ އަށް ހަމަޖެހި ނުލެވި އުޅެނިކޮށް ތިން މިނިޓު ތެރޭ ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އޭނާ މި ލަނޑު ޖެހީ ލުކާ މޮޑްރިޗް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.

އެޑުއާޑް މެންޑީ އޭރިއާ ބޭރަށް ނުކުމެ ހެދި ގޯހެއްގެ ފައިދާ ނަގައި ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފް ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

މިއީ ބެންޒެމާ، މި ސީޒަނުގައި ރެއާލް އަށް ޖަހައިދިން 37 ވަނަ ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ. އޭނާ ވަނީ  ޕީއެސްޖީ ކޮޅަށް ވެސް ހެޓްރިކް ހަދައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button