ޚަބަރުދުނިޔެ

ކޯވިޑާއި ގުޅިގެން އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތައް ފުރަބަންދަކަށް

އޮސްޓްރޭލިއާގައި ހަލުވިކަމާއެކު ކޯވިޑު-19 ގެ ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާތީ އެ ގައުމުގެ ހަތް ސިޓީއެއް ފުރަބަންދުކޮށްފިއެވެ.

އެ ގައުމުގެ ސަރުކާރުން ބުނިގޮތުގައި އެކި ސަރަހައްދުތަކުން މިހާތަނަށް އައިއިރު 200 އަށް ވުރެ ގިނަ ޑެލްޓާ ވޭރިއަންޓް ވަނީ ފެނިފައެވެ. އެހެންކަމުން އޮސްޓްރޭލިއާގެ ދެ ބައިކުޅަ އެއްބައި ވަނީ ފުރަބަންދުކޮށްފައެވެ. ފުރަބަންދުކޮށްފައިވާ ސިޓީތަކުގެ ތެރޭގައި ސިޑްނީ، ބްރިސްބެން، ޕާތް، ޑާވިން، ޓައުންސްވިލާ އަދި ގޮލްޑް ކޮސްޓް ހިމެނެއެވެ.

ކޯވިޑު އެންމެ ފުރަތަމަ ފެތުރުނު ދުވަސްވަރުގައި އެބަލިން އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި އޮސްޓްރޭލިއާ ހިމެނިފައިވެއެވެ. މި އަހަރުގެ މިހާތަނަށް 30،400 މީހުންނަށް ކޮވިޑް ޖެހި 910 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ. އަދި މިއީ އާބާދީ ބޮޑު ގައުމަކާއި ބަލާއިރު މަދު އަދަދެކެވެ. ނަމަވެސް މިހާރު ހަލުވިކަމާއެކު ކޯވިޑްގެ ޑެލްޓާ ވޭރިއެންޓް އޮސްޓްރޭލިޔާގައި ފެތުރެމުންދާއިރު، އެ ގައުމުގެ 25 މިލިއަން މީހުންގެ އާބާދީއަށް ބަލީގެ އަސަރުކޮށްފާނެތީ އެ ގައުމުގެ ސަރުކާރު އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އޮސްޓްރޭލިޔާގައި ޑެލްޓާ ވޭރިއެންޓް ފެތުރުމާއެކު އޮސްޓްރޭލިއަން މެޑިކަލް އެސޯސިއޭޝަން (އޭއެމްއޭ) އިން އެ ގައުމު ބޮޑެތި ސިޓީތައް ފުރަބަންދުކުރުމަށް ގޮވާލައިފައިވެއެވެ. އޭއެމްއޭ އަކީ ޑޮކްޓަރުން ތަމްސީލް ކުރާ އެސޯސިއޭޝަނެކެވެ.

ޑެލްޓާ ވޭރިއެންޓަކީ 2020 ވަނަ އަހަރު އިންޑިއާ އިން ފުރަތަމަ ފެނުނު ވޭރިއެންޓެކެވެ. މި ވޭރިއެންޓަކީ ފުރަތަމަ ފެތުރުނު ކޯވިޑު ވޭރިއެންޓަށްވުރެ އަވަހަށް ފެތުރޭ ވޭރިއެންޓެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button