ޚަބަރުސިޔާސީ

ރޯދަމަހު ހިޔާ ފްލެޓްގެ ކުލި ނެގުން ފަސްކޮށްދިނުމަށް އެދި މަޖިލީހަށް

ހިޔާ ފްލެޓްތަކުގެ ކުލި ރޯދަމަހު ނެގުން ފަސްކޮށްދިނުމަށް އެދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވާގޮތުން ސަރުކާރުން ފްލެޓްތައް ހަވާލުކުރިއިރު، ފިނިޝިންގ ނުނިންމާ ހުރުމުގެ ސަބަބުން އެތަންތަން ލިބުނު ގިނަ އާންމުން ވަނީ ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގާފައެވެ. އެ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ނުވަތަ ލޯނެއް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާއިރު، ކޯވިޑް 19 ގެ ބަލިމަޑުކަމުން އަރައި ނުގަނެވެނީސް، ރޯދަމަސް ފެށުމާއެކު ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހުމުން މާލީ ބޮޑު ދައްއްޗެއް ކުރިމަތިވެފައިވާކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

”ކުލި ނުދައްކައިފިނަމަ، ޖޫރިމަނާ ކުރަން އެޗްޑީސީއިން ނިންމުމަކީ އިތުރު ތަކުލީފުތަކެއް ފެލްޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ކަމެއް.“ އާދަމް ޝަރީފްގެ މައްސަލައިގައި ވެއެވެ.

އާދަމް ޝަރީފް ވަނީ ހިޔާ ފެލްޓްތަކުގެ ކުލި ނެގުން އިތުރު 3 މަސްދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

https://twitter.com/Adamshareefz/status/1511653012712091649?s=20&t=MdaXjpLO3RURCZ5oWcY2yg

ހިޔާ މަޝްރޫއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގް ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތުގެ ފެށެމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button