ޚަބަރުސިޔާސީ

އައު ފުޓުބޯޅަ ދަނޑު އެޅުމަށް މަޝްވަރާ ނުކުރުމުން މޭޔަރު ނުރުހުން ފާޅުކޮށްފި

ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލައި އެތަން ތަރައްގީ ކުރަން ސަރުކާރުން ނިންމި އިރު، މާލޭ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައިވާ ނުވާތީ މާލޭގެ މޭޔަރު ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން މާލޭގެ މޭޔަރު ކުރެއްވި ޓްވީޓެއްގައި، ދަނޑު ތަރައްގީ ކުރަން އުޅޭއިރު މާލޭ ރައްޔިތުން ކައިރި، ވަކިން ޚާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އެއްސެވިންތޯ ސުވާލު ކުރައްވައިފައެވެ.

”މާލެ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާއެއް ކުރެއްވިންތޯ؟ މަތިން ތިރިޔަށް ތަރައްގީ ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރަށްޓެހި، ނަހަމަޔެއް.“ މޭޔަރު ވިދާޅުވިއެވެ.

މޭޔަރުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު އަދި ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމް ވެސް ވަނީ މިކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button