ހިޔާ ފްލެޓްގެ ކުލި ދެއްކުން ފަސްކޮށްދިނުމަށް މޭޔާރ މުއިއްޒު އެދިވަޑައިގެންފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ދައްކަން ޖެހޭ ތާރީހު ފަސްކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފިއެވެ.
މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަސް ކަމަށްވާ ރަމަޟާން މަހު ހިޔާ ފްލެޓުގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ތަކުލީފް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.
ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަހު(ރަމަޟާން މަހު)ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއް. މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލަން!
— Dr Mohamed Muizzu (@MMuizzu) April 2, 2022
”މި ނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލަން“ މޭޔަރ ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7500ރ.އެވެ. އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި 1000ރ. ދައްކަން ޖެހެއެވެ. ހިޔާ ފްލެޓުތަކުން ކުލި ބަލައިގަންނަން ފެށީ އިއްޔެ އިން ފެށިގެންނެވެ.